ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސިންކްރޮނައިޒިންގ ޕެނަލް ގަތުމާބެހޭ

އިޢުލާން

ސިންކްރޮނައިޒިންގ ޕެނަލް ގަތުމާބެހޭ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ސިންކްރޮނައިޒިންގ ޕެނަލް ގަންނަން ކުރެވުނު ނަންބަރު:FNK-K(T)/FNK/IUL/2016028 (28 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ ލިޔެކިއުންތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 11 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހަޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމަތަށްޓަކައި ދެންނެވީމެވެ.  

 28 ރަޖަބު 1437

 

 

05 މޭ 2016
ހޯދާ