މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއަށް އެތެރެކުރާ ގަނޑުކޮށް ނުވަތަ ފިނިކޮށްފައިވާ އެއްގަމު މަހާއި ކަނޑުމަހުގެ ފިނިހޫނުމިން ދެމެހެއްޓުން

އިޢުލާން

ރާއްޖެއަށް އެތެރެކުރާ ގަނޑުކޮށް ނުވަތަ ފިނިކޮށްފައިވާ އެއްގަމު މަހާއި ކަނޑުމަހުގެ ފިނިހޫނުމިން ދެމެހެއްޓުން

2016 މޭ 1 އިން ފެށިގެން ގަނޑުކުރި އަދި ފިނިކުރި މަހުގެ ބާވަތްތައް އެއަރޕޯޓް ކޯލްޑް ސްޓޯރޭޖުގައި ބެހެއްޓުމުގެ އިންތިޒާމު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ވަނީ ހަމަޖައްސަވާފައެވެ.

މިފަދަ މަހުގެ ތާޒާކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކޯލްޑް ސްޓޯރޭޖްގައި ބަހައްޓައިގެން މި އޮތޯރިޓީން އިންސްޕެކްޓް ކުރުމަށްފަހު ކްލިއަރެންސް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ފިނިކުރި އަދި ގަނޑުކުރި މަހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަނޑުކުރި އަދި ފިނިކުރި މަސް ބަހައްޓަންވާނީ ކޯލްޑް ސްޓޯރޭޖްގައިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަޖަބު 1437
04 މޭ 2016
ހޯދާ