މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނީގެ މައި އިމާރާތް ކަމުގައިވާ ޕޯސްޓް ބިލްޑިންގގެ ސެކިއުރިޓީގެ ކަންތައްތައް ތިރީގައި މިވާ ގޮތުގެ މަތިން ބަލަހައްޓައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 11 ވާ ބުދަ ދުވަހުގެ 14:00 އަށް މި ކުންފުނީގެ ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

1- ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ ގޮތުން ދެވޭ މަޢުލޫމާތު

- ރަސްމީ ދުވަސްތައް - ހަވީރު 17:30 ން ހެނދުނު 08:00 އަށް   

- ބަންދު ދުވަސްތައް – ހުކުރު އަދި ސަރުކާރު ބަންދުވަސްތަކުގައި 24 ގަޑިއިރު

2- މި އިޢުލާނާއި ގުޅިގެން މާރކްސް ދެވޭނެ މިންގަނޑުތައް:

- އަގު: %70

- މަސައްކަތުގެ ތަޖުރިބާ: %30

3- ބިޑް ޑޮކިއުމަންޓުގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް:

- ކުންފުނީގެ ޕްރޮފައިލް

- ކުންފުނީގެ ރެޖިސްޓްރޭޝަން

- ޖީ.އެސް.ޓީ ސެޓުފިކެޓު

- މިކަހަލަ މަސައްކަތެއް ކޮށްފައިވާނަމަ ރެފެރަންސް ސިޓީ/ ލިޔުން ހުށަހެޅުން                               

 25 ރަޖަބު 1437

02 މޭ 2016
ހޯދާ