ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާގައި 4 ފާޚާނާ ހިމެނޭ ޢިމާރާތެއްކުރުމާ ބެހޭ:

މި މަދަރުސާގައި 4 ފާޚާނާ ހިމެނޭ ޢިމާރާތެއްކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 11:00 އަށް، މި މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މޭ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް، ބަދަލުގައި އެހެން ފަަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނޭ ސިޓީއަކާއެކު އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކަނޑައެޅިފައިވާ ވަގުތުގެ ކުރިންނާއި ފަހުން މަޢުލޫމާތު ދޭގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ