މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތުލުސްދޫ ރައްޔިތުންގެ ފެރީ، "ތަރިކަ 2" ގެ އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 9 ވާ ހޯމަދުވަހުގެ 11:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ކުރީގެ ޕޯސްޓް ބިލްޑިންގ)ގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 16 ވާ ހޯމަދުވަހުގެ 11:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ކުރީގެ ޕޯސްޓް ބިލްޑިންގ)ގެ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ