ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގައި ޓަރފްއެޅުމާއި، ލައިޓްޖެހުމާއި، ދަނޑުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަޑިފުށީ ފުޓްސަލްދަނޑުގައި ޓަރފްއެޅުން:

މަޑިފުށީ ފުޓްސަލްދަނޑުގައި ޓަރފްއެޅުމާއި، ލައިޓްޖެހުމާއި ދަނޑުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL) 384-A/2016/ 29 އިޢުލާނާ ގުޅިގެން ހުށަހަޅާފައި ބިޑްތަކުގައި، ދެވިފައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑް ފުރިހަމަކޮށްފައިނުވާތީ، ބިޑްތައް ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 8 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 މޭ 16 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ