އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ކޯޓުގެ އިންފާރުތަކުގެ އެތެރެއާއި ބޭރުގައާއި ބަގީޗާގެ ފާރު މަރާމާތުކޮށްދެވިދާނެ ފަރާތެއް ހޯދުމަށް 6 އެޕްރީލް 2016 ދުވަހު މި ކޯޓުން ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.

ވުމާއެކު ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާން ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

- އިންފާރުތަކުގެ އެތެރެއާއި ބޭރުގައި ކުލަލުން

- ބަގީޗާގެ ފާރު މަރާމާތުކުރުން

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުމަށް

08 މޭ 2016 (އާދީއްތަ)

11:00

ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

12 މޭ 2016 (ބުރާސްފަތި)

11:00

ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓް

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ