ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ދިދަދަނޑިތައް ބަދަލުކުރުމާއި ދިދަގަނޑި ބަހައްޓާ ސްޓޭންޑް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުގައި ބޭނުންކުރަމުންދާ ދިދަދަނޑިތައް ބަދަލުކުރުމާއި ދިދަދަނޑި ބަހައްޓާ ސްޓޭންޑް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (ޤާނޫނު 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އަންނަ ފަރާތަށް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތަކުން މި ސުކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ބަލައިގަތުން

ތާރީޚު: 11 މޭ 2016

ތާރީޚު: 17 މޭ 2016

ގަޑި: 13:30

ގަޑި: 13:30

ތަން: ނަޑެއްލާ ސްކޫލް

ތަން: ނަޑެއްލާ ސްކޫލް

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

28 އޭޕްރިލް 2016
ހޯދާ