އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ފުރާޅުގެ ޓިނާއި ދިޔަދޮވި ބަދަލުކުރުން

އިޢުލާން

ފުރާޅުގެ ޓިނާއި ދިޔަދޮވި ބަދަލުކުރުން

މި މަދަރުސާގެ ހޯލުގެ އިމާރާތުގެ އެއް ފުރާޅުގައި މިހާރު ހުރި ޓިނާއި ދިޔަދޮވި ނަގައި އައުު ޓިނު ޖަހައި އައު ދިޔަދޮވި ހަރުކުރަން ބޭނުންވެއެވެ. މިކަމަށް ބޭނުންވާ ޓިނާއި ދިޔަދޮވި މި މަދަރުސާއިން ދެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 04 ވާ ބުދަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ އިރު އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅުއްވާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވެވަޑައިގަންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހާޒިރުވެވަޑައިނުގެންނެވުނު ސަބަބާއި ފޮނުއްވަވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

އިޢުލާން ނަންބަރު GS-181/IUL/2016/30 ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ