ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރުން ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :2

ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ.1

އަދަދު: 2

މުސާރަ: -/3240 ރ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން:  އެޑްމިނިސްޓްރޭޝަން / އެސްޓީއޯ – ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް:

- އިތުރު އެލަވަންސް: -/1350 ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

- ޕެންޝަން

- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ޑެލިވަރ ކުރުމުގެ މަސައްކަތް ކުރުން
  • ސަޕްލަޔަރުންގެ އަތުން މުދާ ގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • މުދާ ލޯޑު ކުރުމާއި އަދި އަންލޯޑު ކުރުން 
  • ހެޑު އޮފީސް ފޮޅައި ސާފުކުރުން
  • އޮފީހުގެ ތެރޭގައި، ލިޔެކިއުންތައް އެކިއެކި ފަރާތްތަކަށް ރައްދުކޮށްދިނުން
  • މަރާމާތުކުރުމާއި އަދި އެހެނިހެން މެއިންޓެނަންސް މަސައްކަތްތަކުގައި އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

- ގުރޭޑު 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން.

- މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:33344333، 3344273 ފެކުސް:3344341 ވެބްސައިޓު: www.sto.mv
  • އީމެއިލް: [email protected]

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ