ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓުން ބޭނުންވެއްޖެ

މަޤާމް :ފާމަސީ އެސިސްޓެންޓުން ބޭނުންވެއްޖެ
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު

ތިރީގައި މިވާ ފާމަސީތަކަށް ދެ އަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެމަޤާމު

 

އަދަދު

އަސާސީމުސާރަ

މަސައްކަތްކުރަން ޖެހޭ ތަން

ފާރމަަސީ އެސިސްޓެންޓް

1

-/3380ރ

އެސް.ޓީ.އޯ ށ.ނަރުދޫ ފާރމަސީ

ފާރމަސީ އެސިސްޓެންޓް

1

-/3380ރ

އެސް.ޓީ.އޯ ށ.ގޮއިދޫ ފާރމަސީ

ފާރމަސީ އެސިސްޓަންޓް

މަޤާމުގެމަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން.

* ބިލު ހެދުން.

* މުއްދަތު ހަމަވާ ބޭސްތައް ޗެކްކުރުންް.

* ރެކްތަކުގައި ބޭސް އެތުރުން.

* ކްރެޑިޓް ބިލު ޗެކްކުރުން.

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ
* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ އާއި -/2450 ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* ޕެންޝަން.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 05 ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344368/ 3344245   ފެކްސް: 3344041  ވެބްސައިޓު: www.sto.mv އީމެއިލް އެޑްރެސް: [email protected]

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ