ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ފަތްތޫރައިގެ ކުށްފިލުވައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފަތްތޫރައިގެ ކުށްފިލުވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

ދިވެހިބަހުގެ އެކެޑަމީން ނެރެމުންގެންދާ ފަތްތޫރައިގެ ކުށްފިލުވައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)430-DBA-I/1/2016/9 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މިކަންކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް އެދޭ ފަރާތްތަކުން 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކަށްވެސް މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ