މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތެއް ޗާޕުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ފޮތެއް ޗާޕުކުރުމަށް ބޭނުންވެއްޖެ

ލެބޯޓްރީ ސޭފްޓީ މެނުއަލްގެ 250 ކޮޕީ ޗާޕުކުރުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2016/96) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.                           

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 މެއި 05 ވަނަ ދުވަހުގެ 14:00 އަށް

2016 މެއި 08 ވަނަ ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

02 މޭ 2016
ހޯދާ