ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް ބޭނުންވާ ކަސްޓަމަރ ފީޑްބެކް ކަލެކްޓިންގ ޑިވައިސްއެއް ސަޕްލައިކޮށްދެއްވާނެ ފަރާތެއްް ހޯދުމަށް ކުރެވުނު ނަންބަރު H-2016/100 އިޢުލާނާ ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 4 ވާ ބުދަ ދުވަހުގެ 11:30 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
ހުށަހަޅަންވީ ތަކެތި:
- ސަޕްލައިކޮށްދެވޭނެ އަގު:
- ސަޕްލައިކޮށްދެވޭނެ މުއްދަތު:
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތް ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) :
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން :
މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 85 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x
މުއްދަތު: 15 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 15x
ތަޖުރިބާ: 5 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މި މަސައްކަތަށް ފައިސާ ދޫކުރުން: ބިލު ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2016/100A
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 11:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
25 ރަޖަބު 1437
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338122 / 3338154 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.