މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ރެދަންގެ ނަމުގައި ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު

ޢިއުލާން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކާނޭ މަގު ތަނަވަސްކޮށްދިނުމާއި، މިކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން "ރެދަން" ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި މައުރަޒު ކުރިޔަށް ގެންދިއުމަށް ރާވާފައި ވަނީ 2016 އޮގަސްޓު މަހުގެ ތެރޭގައެވެ.

ވީމާ، މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މާލޭގައިނަމަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް ދަންނަވަމެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، މި މިނިސްޓްރީގެ ވެބް ސައިޓް www.mlg.gov.mv އިން ލިބެން ހުންނާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3027557 ފޯނުން ޑިސްއެބިލިޓީ ޑިވިޜަނަށް ގުޅުއްވުން އެދެމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ