މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ. ހެނބަދޫ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ނ. ހެނބަދޫ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 މޭ 08 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ނ.ހެނބަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 15 ވާ އާދީއްތަ ދުވަހު މެންދުރު 13:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ނ.ހެނބަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

21 ރަޖަބު 1437
28 އޭޕްރިލް 2016
ހޯދާ