މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ގްރީން ޓެކްސް އަދި ޖީ.އެސް.ޓީ ސެޓުފިކެޓު ޕްރިންޓްކުރުމަށް

އިޢުލާން

މި އޮތޯރިޓީން ދޭ ނަމޫނާއާ އެއްގޮތަށް، 02 (ދޭއް) އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ގްރީން ޓެކްސް ސެޓުފިކެޓާއި ޖީ.އެސް.ޓީ ސެޓުފިކެޓު އަމިއްލަ ތަކެތީގައި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 14 އޭޕްރިލް 2016 ގައި ކުރި ނަންބަރު IUL)220-AS/1/2016/65) އިޢުލާނާ ގުޅިގެން ތަރުޙީބު ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
 މަޢުލޫމާތު ސާފުކުރުން 08 މޭ 2016 އާދީއްތަ 15:00
 އަންދާސީހިސާބު ހުށަހެޅުން 11 މޭ 2016 ބުދަ 16:00

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ. 

21 ރަޖަބު 1437

 

28 އޭޕްރިލް 2016
ހޯދާ