ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގައި ހުރި ބައު ތަކެތި ނީލަން ކިއުން

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ކޭބަލްބުރިތަކެއް
  • ބައު ސާމާނުތަކެއް (އެއަރކޯން، ދަގަނޑުހޮޅި، އިންޖީން ސްޕެއަރ)

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/100,000 (އެއްލައްކަ) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/3,000 (ތިންހާސް) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/50,000 (ފަންސާސް ހާސް) ރުފިޔާ ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށައަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2016 މޭ 04 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެއެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކި ފައިސާވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބުކުރެއްވި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓުގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނީމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ. އަދި ދަންނަވަމެވެ. މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން  އެދެމެވެ.

20 ރަޖަބު 1437   

27 އޭޕްރިލް 2016
ހޯދާ