މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1437ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި ކޯޕަރޭޝަންގެ 1437 (2016) ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ 1437 (2016) ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވަޑައިގަންނަވާ ހާޖީން ހުޅުލޭ އިބްރާހިމު ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުން ސައޫދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގް ޢަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެމަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއާލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާބެހޭ މަޢުލޫމާތު ދިނުން

2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދެގަޑި ސުންމިނެޓް (14:00) ގައި މި ބީލަމާބެހޭގޮތުން މަޢުލޫމާތު ދިނުން މި ކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2016 މޭ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު ދެގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ހާޒިރުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

އަމީނީމަގު، މާލެ، 20379، ދިވެހިރާއްޖެ

ފޯނު ނަންބަރު:

+960 3011000

ފެކްސް:  

+960 3011004

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:

އިބްރާހީމް އިސްމާޢީލް

އީ-މެއިލް:

[email protected] / [email protected]

މަތީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ.

ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި އެއީ: (GMT+5:00 ) އެވެ.                            

 

27 އޭޕްރިލް 2016
ހޯދާ