ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އީ.އެން.ޓީ ސްޕެޝަލިސްޓް
ޑިޕާޓްމަންޓް: މެޑިކަލް
މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ކަރުންމަތީގެ ބަލިތަކަށް ފަރުވާދިނުން.
މަޤާމުގެ ޝަރުޠު:
- މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ 3 އަހަރަށްވުރެ ކުރުނޫން ނުވަތަ 4 އަހަރަށްވުރެކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީ އާ އެއްފެންވަރުގެ ޑިގްރީއެއް، މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް، ސްޕެޝަލިސްޓެއްގެގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަލިބިފައިވުން. ނުވަތަ؛
- މެޑިކަލް އޮފިސަރެއްގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ 2 އަހަރަށްވުރެ ކުރުނޫން، އެމް.ޑީ ނުވަތަ އެމް.ޑީއާ އެއްފެންވަރުގެ ޑިގްރީއެއް، މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް، ސްޕެޝަލިސްޓެއްގެގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.
ވަޒީފާގެ ޒިންމާތައް:
- ކަރުންމަތީގެ ބަލިތަކާ ބެހޭގޮތުން އޮޅުންފިލުވައި، އެގްޒެމިންކޮށް، އެކަށީގެންވާ ހާލަތްތަކުގައި ލެބޯޓްރީ ޓެސްޓްކުރުމަށްފަހު، ބަލި ޑައިގްނޯސްކޮށް، ރާއްޖެއިން ލިބެންހުރި ފަރުވާތަކުގެ އަލީގައި ބަލިމީހާއަށް އިރުޝާދުދިނުން.
- ކަރުންމަތީގެ ބަލިތައް ޑައިގްނޯސްކޮށް ފަރުވާދިނުމަށް ޖޫނިއަރ ޑޮކްޓަރުންނަށް އެހީތެރިވެދިނުމާއި، ސުޕަވައިޒްކުރުން.
- ބަލިމީހުންނަށް ފަރުވާދިނުމުގައި މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭއިން ހައްދަވާފައިވާ ގައިޑްލައިންތަކާއި މެޑިކަލް އޮފިސަރުންގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.
- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ޕްރޮގްރާމްތައް ހިންގުން.
- މެޑިކަލް ލީގަލް ކޭސްތަކުގައި ކޯޓަށް ބޭނުންވެއްޖެ ވަގުތެއްގައި ކޯޓަށް ހާޒިރުވުން.
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން.
ކުރިމަތިލުމުގެ ސުންގަޑި: 2016 ޖުލައި 31 ވަނަ ދުވަހުގެ މެންދުރު 12:00
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
- އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
21 ރަޖަބު 1437