ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވޭޖް ޢުޞޫލުން މަސައްކަތްކޮށްދޭނެ ރިލީފް ޓީޗަރުން ހޯދުން:

5 (ފަހެއް)

ބޭނުންވާ އަދަދު:

އެކަޑަމިކް

ސެކްޝަން:

ރިލީފް ޓީޗަރ

މަޤާމް:

ވަގުތީ

މަޤާމުގެ ގިންތި:

3 (ތިނެއް) މަސްދުވަސް

މުއްދަތު:   

ބުރުނީ ސްކޫލް

އޮފީސް:

މަޤާމުގެ ޝަރުޠު:

  1. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ؛
  3. ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން.

ރިލީފް ޓީޗަރުންގެ އުޖޫރަ:

މުވައްޒަފަށް އުޖޫރަ ދެވޭނީ، މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ އުޖޫރައެވެ.

މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

-/4،500 ރުފިޔާ -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

-/5،500 ރުފިޔާ

-/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ

-/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު:

- ކިޔަވައިދިނުމަށްޓަކައި ރާވައިގެން ކުރަންޖެހޭ އެންމެހައި ތައްޔާރީތައްކޮށްގެން ކިޔަވައިދިނުމާއި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

- އެއްވެސް ކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަންދީގެން ދަރިވަރުން މުޤައްރަރުގެ ފެންވަރަށް ގެނައުން.

- ކިޔަވައިދިނުމުގައި  ގެންނަންޖެހޭ ބަދަލުތައް ސުކޫލުން އަންގަވާ ގޮތެއްގެ މަތީން ގަނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

- ކިޔަވައިދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުންދިނުން.

- ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމް އޮފް ވާރކާއި ފިލާވަޅުތަކާއި ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާނުތައް ހިންގައި ޕޭޕަރުތައް މާކުކޮށް، މާރކްސް ޝީޓްތަކާއި ރިޕޯޓް ފޮތްތައް ތައްޔާރުކުރުން.

- ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅުއްވާ ސުންސިކުންތައް ނިންމުން.

- ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އެންގުން.

- ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (އެން.އައި.އީ އިން ކުރިއަށްގެންދެވި މަލްޓިގްރޭޑް ޓީޗންގެ 3 މަސްދުވަހުގެ ކޯހަށް ކުރިމަތިލާފައިވާ ފަރާތްތަކާއި، ކީސްޓޭޖް 1 އާއި 2 ގެ ކަރިކިއުލަމް ވާރކް ޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 4 ދުވަހުގެ ތެރޭގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ވަޒީފާއަށް އެދިހުށަހަޅާ ފޯމު

* ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބުރުނީ ސްކޫލް އޮފީހުގެ އެޑްމިން ބަޔަށެވެ.  ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 4 ވާ ބުދަ ދުވަހުގެ 12:30 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން،  6780551 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

18 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ