މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަ ކޯޓް، އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއްހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން މި ރަށުގައި ހެދުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޯޓް އަމިއްލަ ތަކެތީގައި ހަދައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 09 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ކުރީގެ ޕޯސްޓް ބިލްޑިންގ)ގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 16 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ކުރީގެ ޕޯސްޓް ބިލްޑިންގ)ގެ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ