ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތިޖެހުމާއި މަގުމަތީ ބައްތިއާ ބަނދަރު ބައްތިއަށް ކަރަންޓް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ރަށުގެ އެކިއެކި ގޯޅިއާ މަގުތަކުގައި، މަގުމަތީ ބައްތިޖެހުމާއި މަގުމަތީ ބައްތިއާއި ބަނދަރު ބައްތިއަށް ކަރަންޓް ކޭބަލް އެޅުން:

މި ރަށުގެ އެކިއެކި ގޯޅިއާ މަގުތަކުގައި މަގުމަތީ ބައްތިޖެހުމާއި މަގުމަތީ ބައްތިއާއި ބަނދަރު ބައްތިއަށް ކަރަންޓް ކޭބަލް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، އެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ތަކެތި ދިނުމުން ކޮށްދެވިދާނެ ފަރާތްތަކުން 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 9:00 އަށް މި އިދާރާއަށް ވަަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 9:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ގަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ