ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީގެ އިމާރާތްތައް ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އެޖެންސީގެ 2 އިމާރާތްކަމުގައިވާ "މއ. ދޮންވެލި" (ގްރައުންޑް، ފަސްޓް އަދި ސެކަންޑް ފްލޯ) އަދި "ގ.ޖަންބުގެ" (ހަތަރުވަނަ ފަންގިފިލައާއި، ފަސްވަނަ ފަންގިފިލާ) 1 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 11 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ. 

27 އޭޕްރިލް 2016
ހޯދާ