ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން/ޔުނިޓް: ޝަރުޢީ ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ. މާލެ

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- އިތުރުގަޑީގެ ފައިސާ: ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ،

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޝަރީޢަތް ހިންގުމަށާއި ސެކްޝަންގެ އެހެން ބޭނުންތަކަށް ހާޒިރު ކުރަންޖެހޭ އެންމެހައި ފަރާތްތައް ހާޒިރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  • ސެކްޝަނުން ނެރެންޖެހޭ އެންމެހައި އަމުރުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުވުން.
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  • ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެ ބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވައި އިނގިލީގެ ނިޝާން ޖެއްސުވުން.
  • ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޓައިޕުކޮށް ތައްޔާރުކުރުން.
  • ސެކްޝަނުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މަޢުލޫމާތު، ހަފުތާ ޝީޓަށް ނަގައި، އެ މަޢުލޫމާތު އާންމުކުރުމަށްޓަކައި ކަމާބެހޭ ސެކްޝަނަށް ދިނުން.
  • ރީހެބިލިޓޭޝަން އަމުރެއްގެދަށުން ފަރުވާ ހޯދާ ފަރާތްތަކާ ގުޅިގެން ސެކްޝަނުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • ކޯޓުގެ ތަފާސްހިސާބާއި އެހެނިހެން ރިޕޯޓުތަކަށް ސެކްޝަނުން ފޮނުވަންޖެހޭ މަޢުލޫމާތު ތައްޔާރުކޮށް ކޯޓުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް ޤާޟީގެ އިރުޝާދުގެ ދަށުން ފައިލުކޮށް ބެލެހެއްޓުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

 

1- ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.drugcourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)

6- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ.

7- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި:

2016 މޭ 8 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:

ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ކޯޓުގެ  3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ