މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީއަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

1. މަޤާމު: ސޭލްސް ޕަރސަން

މުސާރަ: -/4100 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ

ބޭނުންވާ ޢަދަދު: 04 (ހަތަރެއް)

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން
  • ގިނަ ވަގުތު މަސައްތަކަތުގައި އުޅެވުމާއި އަދި ޝިފްޓް ޑިއުޓީ އަދާ ކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެ

އެހެނިހެން އިނާޔަތްތައް:

  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/30ރ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކަސްޓަމަރުންނާއި މުޢާމަލާތްކުރުމާއި އަދި ކަސްޓަމަރުންނަށް އެހީތެރިވެދިނުން
  • ހަރުގަނޑުތަކުގައި މުދާ އެތުރުމާއި، އަދި މުދާ ލޭބަލް ކުރުން

 

2. މަޤާމު: ކައްކާ

މުސާރަ: -/14,100 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ

ބޭނުންވާ ޢަދަދު: 01 (އެކެއް)

މަޤާމުގެ ޝަރުޠު:

  • ކެއްކުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  • ގިނަ ވަގުތު މަސައްތަކަތުގައި އުޅެވުމާއި އަދި ޝިފްޓް ޑިއުޓީ އަދާ ކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެ

އެހެނިހެން އިނާޔަތްތައް:

  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/30ރ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

3. މަޤާމު: ވެއިޓަރ

މުސާރަ: -/4100 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ

ބޭނުންވާ ޢަދަދު: 03 (ތިނެއް)

މަޤާމުގެ ޝަރުޠު:

  • ގްރޭޑް 07 ފުރިހަމަކޮށްފައިވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވުމާއި އަދި ޝިފްޓް ޑިއުޓީ އަދާ ކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެ

އެހެނިހެން އިނާޔަތްތައް:

  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/30ރ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު ކޮޕީ)
  3. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 03 ގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

26 އޭޕްރިލް 2016
ހޯދާ