މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/10,000

އެލަވެންސް:

  1. ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން

ފޯން އެލަވަންސް: -/300 ރުފިޔާ

ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އިތުރު ގަޑި:

ރަސްމީގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ އެލަވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  1. ޝަރީޢާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ
  2. ޝަރީޢާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުން.
  4. ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.
  5. މައިކްރޮސޮފްޓް ޕެކޭޖް ބޭނުންކުރަން އެނގުން.
  6. ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  7. ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން.
  8. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

 

  • ޙައްޖު/ ޢުމުރާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
  • ޙައްޖުވެރިން މާލެއިން ފުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތައް ރާވައި ބެލެހެއްޓުން
  • މައްކާ/ މަދީނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުމާއި އެކަމާގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް އިންތިޒާމުކުރުން
  • ޙައްޖުވެރިންނަށް އަޅުކަން އަދާކުރުމުގައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން
  • ޙައްޖު/ ޢުމުރާއަށް ފުރުމުގެ ކުރިން ދޭންޖެހޭ ޓްރެއިނިންގ ޕްރޮގުރާމުތައް ރާވައި ހިންގުން
  • ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢޫދީ ޢަރަބިއްޔާގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
  • ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  • ޢަރަބި ބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޢަރަބި ބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި އަދި އެކަމާގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން
  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ޙާޖީންނަށް ދީނީ ނަސޭހަތް ދިނުން.

މަސައްކަތު ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 16:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ މަސައްކަތްކުރާ ގޮތަށް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވެ އޮތް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާގުޅޭނެ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުން
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ

ސުން ގަޑި:

2016 މޭ 9 ވާ ހޯމަ ދުވަހު 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވިގެންދާނީ އިންޓަރވިއު ކުރެވިގެންނެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

26 އޭޕްރިލް 2016
ހޯދާ