ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

ވަޒީފާ އޮތް އޮފީސް: ޅ. އަތޮޅުމަދަރުސާ / ޅ. ކުރެންދޫ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4 (ޖެނެރަލް ސަރވިސް 4)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ)

އެހެނިހެން އެލަވަންސް: ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޅ. އަތޮޅު މަދަރުސާ / އެކަޑެމިކް ސެކްޝަން                     

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓް ކަމާއިގުޅޭ ދާއިރާތަކަށް ފޮނުވުން.

2. ސެކްޝަނަށް ހުށަހެޅޭ ސިޓީ މެސެޖްތަކަށް ޖަވާބުދިނުން.

3. ސެކްޝަނުގެ ސިޓީއާއި، މެސެޖާއި، އެފަދަ އެހެން ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. ސްކޫލުގެ ޢިމާރާތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

5. ސްކޫލަށް ބޭނުންވާ ލިޔެކިއުމާ ބެހޭގޮތުން ހޯދާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދަން ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެތަކެތީގެ ސޮޓޮކް ބެލެހެއްޓުން.

6. ސްކޫލަށް ބޭނުންވާ ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދަން ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.

7. މަދަރުސާގެ ބަޖެޓާއި ހައުސްތަކާއި ފަންޑުތަކުގެ ފައިސާއާބެހޭ ކަންކަން ބެލެހެއްޓުމާއި، އާމްދަނީ ފައިސާ ބަލައިގަތުމާއި، ފައިސާ ފޮނުވުމާއި، ހިސާބުތަކާއި ރިޕޯޓްތައް ހަދައި ފޮނުވުން.

8. ސްކޫލުގެ ތަރައްޤިއަށް ކުރެވޭ މަސައްކަތްތަކުގެ އެސްޓިމޭޓް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދަން އިޢުލާނުކުރުން.

9. އެސްޓިމޭޓްތައް ބަލައިގަތުމަށް ފޮތް ތައްޔާރުކުރުމާއި، އެސްޓިމޭޓްތައް ބަލައިގަތުމާއި، އެސްޓިމޭޓް ކޮމެޓީގެ މާކްސްދޭ ފޯމުތަކާއި ޔައުމިއްޔާތައް ލިޔެ ތައްޔާރުކުރުން.

10. މުސާރައިގެ ފައިސާޝިޓާއި، އިތުރުގަޑީގެ ރިޕޯޓާއި، ގަޑީލާރީގެ ރިޕޯޓްތައް ހަދައި، ވައުޗަރުތައް ތައްޔާރުކޮށް، މުސާރަ ދިނުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

11- މުވައްޒަފުންގެ ރިޓަޔަރމެންޓް ސްކީމަށް ފައިސާ ޖަމާކުރުމާއި، އެކައުންޓް ބެލެހެއްޓުން.

12- މުވައްޒަފުންގެ ރަޖިސްޓަރީތައް ބެލެހެއްޓުން.

13- މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުން.

14- މުވައްޒަފުންނަށް ދަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ލިޔުން ތައްޔާރުކޮށް ދެންނެވުން.

15- މަދަރުސާގެ ޖަލްސާތަކާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން.

16- ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ރެކޯޑްތައް ބެލެހެއްޓުން.

17- ޖީ. ސީ. އީ. އޯ. ލެވެލާބެހޭ މަސައްކަތްތައް ބެލެހެއްޓުން.

18- ދުވަހު ޔައުމިއްޔާ ލިޔުން.

19- ރަސްމީ މަސައްކަތާ ގުޅޭގޮތުން ކުރުމަށް ސްކޫލުން ހަވާލުކުރާ އެންމެހައި ކަންތައްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "އީ"  ގްރޭޑް  ލިބިފައިވުމުގެ  އިތުރަށް،  ހަޔަރ  ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކޮށްގެން.

2- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ތަޢުލީމީ ނަތީޖާއަށް ބަލައި މާކްސް ދިނުން (އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށް ބަލައި، MQA އިން އެކްރެޑިޓްކޮށްފައިވާ ޤައުމީ ސަނަދުތަކުގެ ސެޓްފިކެޓްތަކަށް)

3- ވަޒީފާއަށް ކުރިމަތިލީ ފަރާތްތައް ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.

4- ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު ބެލުން.          

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 8 މޭ 2016 އާއި 12 މޭ 2016 އާ ދެމެދު، މި މަދަރުސާގެ އޮފީހުގައި އޮންނާނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާއިން ލިބެން ހުންނާނެއެެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޅ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 5 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 އެވެ.   

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޅ. އަތޮޅު މަދަރުސާގެ  6620038 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ