ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/11,158 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

ރިސްކް އެލަވަންސް: މަހަކު -/2,000 ރުފިޔާ

އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހދ. ގޮފި

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު: މި އޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިންޓަވިއު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ.    

ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 4 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު މި އޮފީހަށް ފޮނުވުން އެދެމެވެ. ފޯމު ހުށަހަޅާއިރު، ތަޢލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުމުގެ ކޮޕީ ފޮނުވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ