މަޤާމް:
|
ކައްކާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު:
|
- މައްކާއާއި، މަދީނާއާއި، މިނާގައި ދިވެހި ޙާޖީންނަށް ކައްކާ ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.
- ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން.
- ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު ގިނަ އަދަދެއްގެ ބަޔަކަށް ކައްކާ ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
- ކާ ގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
- ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކައްކާ ކާންދިނުމުގެ ޚިދުމަތް ދިނުން.
- ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން.
|
މަޤާމް:
|
ކައްކާ އެހީތެރިން
|
ބޭނުންވާ އަދަދ:ު
|
2 (ދޭއް) |
ފެންވަރު ނުވަތަ ޝަރުޠު:
|
- ޙައްޖާއި ޢުމްރާ ދަތުރުގައި ކައްކާ ކާންދިނުމުގެ މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
- ގަޑިން ގަޑިއަށް ކާންހެދުމާއި، ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.
- ކެއުމުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެދަށުން މަސައްކަތްކުރުން.
- ކެއްކުމުގެ އެންމެހައި ކަމެއްގައި ކައްކާއިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
މަޤާމް:
|
ޑޮކްޓަރު
|
އަދަދު:
|
1 (އެކެެއް)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.
- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
- އަންހެނެއްނަމަ، އުމުރުން 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
- ޢަރަބިބަހުން ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.
- ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް، މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
މަސްއޫލިއްޔަތު:
|
- ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.
- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންކަން ކުރުން.
- ޢުމްރާ ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
- މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.
|
ސުންގަޑި:
|
2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.
|
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އަމީނީމަގު، 20379
މާލެ، ދިވެހިރާއްޖެ
|