ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ޑިޕާޓްމަންޓުގެ 198-A/2016/19 (11 ފެބުރުވަރީ 2016) ނަންބަރުގެ އިޢުލާނުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ "ކޯޓް އެޑްމިނިސްޓްރޭޓަރ" މަޤާމަށް ފުރުޞަތު ހުޅުވައިލުމުން، އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަޤާމަށް އަލުން އިޢުލާން ކުރީމެވެ.
މަޤާމް: |
ކޯޓް އެޑްމިނިސްޓްރޭޓަރ |
މަޤާމުގެ ރޭންކް: އީ. އެކްސް. 1 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓް |
||
އަސާސީ މުސާރަ: |
މަހަކު -/8835 ރުފިޔާ |
||
އެލަވަންސް: |
- ސަރވިސް އެލަވަންސް -/2000 ރުފިޔާ (ދެހާސް ރުފިޔާ) - ލިވިންގ އެލަވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
މަޤާމުގެ އަސާސީ ޝަރުޠު:
|
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8، 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6، 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 4- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 5- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4MS ގެ ރޭންކުގައި، މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 6- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، MS3 ގެ ރޭންކުގައި، މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ؛ 7- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، MS2 ގެ ރޭންކުގައި، މަދުވެގެން 9 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 8- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، EX1 ގެ ރޭންކުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން. |
||
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
1- އަތޮޅުގެ ކޯޓުތަކުގެ އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް، މެޖިސްޓްރޭޓުންނާ ގުޅިގެން ކޯޓުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ހަރުދަނާކަމާއެކު ދެވޭނެ އިންތިޒާމްތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެމަތިން ހަމަޖެއްސުމާއި، އެ ޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން. 2- އަތޮޅު ކޯޓުތަކުގެ އެންމެހައި ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް އިންތިޒާމުކުރުން. 3- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވާއިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން. 4- އަތޮޅުގެ ކޯޓުތަކުގެ އިންވެންޓްރީއާއި ސްޓޮކާއި ފައިސާއާބެހޭ އެންމެހައި ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހިންގައި ބެލެއްޓުން. 5- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމުތައް ފުރިހަމަކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން. 6- އަތޮޅުތަކުގެ ކޯޓުތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް، ޑިޕާޓްމަންޓުގެ ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުން. 7- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުވައްޒަފުންނަށް ކަނޑައެޅިފައިވާ ތާރީޚުގައި މުސާރަ ދެވޭނެގޮތް އިންތިޒާމުކުރުމާއި، ކޯޓުތަކުގެ ފަރާތުން އެކިތަންތަނަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން. 8- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ފާހަގަކޮށް، މުވައްޒަފުންނަކީ މަސައްކަތަށް އަހުލުވެރި ބަޔަކަށް ހަދައި، ޑިޕާޓްމަންޓުން ރާވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން. |
||
ހުށަހަޅަންޖެހޭ ތަކެތި:
|
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
||
ސުންގަޑި: |
2016 މޭ 10 އަންގާރަ ދުވަހުގެ 15.00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: |
|
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
|
||
19 ރަޖަބު 1437 |