ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން (ގދ. ތިނަދޫ ކެމްޕަސް)

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ގދ.ތިނަދޫ ކެމްޕަހުގައި، މި ފެކަލްޓީގެ ފަރާތުން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދާތައް ތިރީގައި މިވަނީއެވެ.

ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލެންގުވިޖް

މާއްދާތައް

ބޭނުންވާ އަދަދު

ލިޓްރޭޗަރ 1: ޕޮއެޓްރީ

1

މޯފޮލޮޖީ

1

ދިވެހި ގުރޭމަރ

1

ޓެކްސްޓް އެންޑް ކޮންޓެކްސްޓް

1

އިންގްލިޝް

1

އެންޝިއެންޓް ހިސްޓްރީ އޮފް މޯލްޑިވްސް

1

އެޑްވާންސްޑް ސެޓުފިކެޓު އިން ލެންގުވިޖް ޔޫޒް

މާއްދާތައް

ބޭނުންވާ އަދަދު

އޮފީސް އެޑްމިނިސްޓްރޭޝަން

1

ސިޓިޒަންޝިޕް އެޑިޔުކޭޝަން

1

ދިވެހި 2

1

ލެކްޗަރަރުންނަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ކެމްޕަހުގައެވެ.

ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:  - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

      - މާކުކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ

ވީމާ، ގދ.ތިނަދޫ ކެމްޕަހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގދ.ތިނަދޫ ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

- ކޯސް ނިންމިކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.

18 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ