އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ގުދަން ކުއްޔަށްހިފަން ބޭނުންވެއްޖެ

 އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ ބޭނުމަށް ހުޅުމާލެއިން ގުދަން ކުއްޔަށްހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު TENDER/AS/2016/012 އިޢުލާނަށް އެކަށީގެންވާ ވަރަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 01 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 05 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ހުޅުމާލޭ ހޮސްޕިޓަލްގެ 2 ވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ، އަމީނީ މަގު، މައްޗަންގޮޅި، 20375، މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]      ވެބްސައިޓް: www.aasandha.mv

ފޯން: 3011418 960+           ފެކްސް: 3013636 960+

25 އޭޕްރިލް 2016
ހޯދާ