ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ވިޜުއަލް އަދި ޕާރފޯމިންގ އާޓްސް މުބާރާތް 2016

އިޢުލާން

ވިޜުއަލް އަދި ޕާރފޯމިންގ އާޓްސް މުބާރާތް 2016

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2016 ވަނަ އަހަރު ދެއްވަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" މިދާއިރާއިން، ތިރީގައި ދެންނެވިފައިވާ ދެ މައުޟޫޢު ރަމްޒުކޮށްދޭގޮތަށް، ވިޜުއަލް އަދި ޕާރފޯމިންގ އާރޓްސްގެ އެހީގައި އުފައްދާ އުފެއްދުންތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ އުފެއްދުމެއް ހުށަހަޅާ ދެ ފަރުދުންގެ އުފެއްދުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. މިދެންނެވުނު މައުޟޫޢަކީ:

ހ. ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ހާދިސާއެއް އަސްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކުލޯއެއްގެ މައްޗަށް ބިނާކޮށް އަސްލު ނުގެއްލޭގޮތަށް ބަޔާންކޮށް އުފައްދާފައިވާ މަސައްކަތެއް.

ވީމާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން އިންތިޒާމުކޮށް ހުޅުވާލާ މި މުބާރާތަކީ، މިދެންވުނު މައުޟޫޢަށް އަމާޒުކޮށް، ވިޜުއަލް އަދި ޕާރފޯމިންގް އާޓްސްގެ އެހީގައި އެންމެ ރަނގަޅު އުފެއްދުމެއް ތައްޔާރުކުރާ ދެ ފަރުދުން ހޮވުމަށް ބޭއްވޭ މުބާރާތެކެވެ.

މިގޮތުން އުފައްދާ އުފެއްދުންތައް ތިރީގައި ބަޔާންކޮށްފައިމިވާ މީޑިއަމްތަކުގެ ތެރެއިން ކޮންމެ މީޑިއަމެއްގެ އެހީގައިވެސް ތައްޔާރުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

  • މިއުޒިކަލް
  • ކޮމިކް

މި ގޮތުން ހޮވޭ ފަރާތްތަކުގެ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މޭ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.

17 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ