ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކުރީގެ އެމް.ބީ.ސީ ހިންގި ޢިމާރާތުގެ 3 ވަނަ ފްލޯގެ އިންޓީރިއާ ޑިޒައިންކުރުމުގެ މަސައްކަތާއި، ޑިޒައިނާ އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ކުރީގެ އެމް.ބީ.ސީ ހިނގަމުން އައި ޢިމާރާތުގެ 3 ވަނަ ފްލޯގެ އިންޓީރިއާ ޑިޒައިންކުރުމުގެ މަސައްކަތާއި، ޑިޒައިނާ އެއްގޮތަށް އެ ފްލޯ މަރާމާތުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 04 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޤައުމީކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް)

މެދުޒިޔާރަތްމަގު، މާލެ (ސަލްޓަންޕާކުގެ އިރުއުތުރު ކަންމަތި)    

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ