ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޓެކްސީއެއް ކުއްޔަށް ހިފުމަށް

އިޢުލާން

މިކެމްޕަހުގައި 2016 ވަނަ އަހަރު ކުރަންޖެހޭ އެއްގަމު ދަތުރުކުރުމަށް ޓެކްސީއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 02 މޭ 2016 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ކެމްޕަހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެ އިތުރުން، އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 14:00 ވަންދެން މަޢުލޫމާތުކަރުދާސް ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 04 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި ކެމްޕަހުގައެވެ.

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ