ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކަރަންޓުވިއުގަ ރަނގަޅުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކަރަންޓުވިއުގަ ރަނގަޅުކުރުމާ ބެހޭ:

ތިރީގައި ދެންނެވިފައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ވިލުފުށީ ޞިއްޙީ މަރުކަޒުގެ ކަރަންޓުވިއުގަ ރަނގަޅުކުރުމަށްޓަކައި އިތުރު ޑިސްޓްރިބިއުޝަން ފޮށްޓެއް ބަހައްޓައި، އެއަރކޮންޑިޝަން ހަރުކުރުމަށް ބޭނުންވާ ވަޔަރާއި ސޮކެޓު އެޅުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތުދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2 މޭ 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މަރުކަޒަށް ވަޑައިގަތުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ހޯދޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ އަސްލު ގެންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ. ކާޑު ކޮޕީއަކާއި ސިޓީއެއް ގެންނަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތްކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ، ކެނޑުން އޮންނާނީ 9 މޭ 2016 ވާ ހޯމަ ދުވަހުގެ 10:30 ގައި މި މަރުކަޒުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ.

މި މަސައްކަށް ބިޑް އިވެލުއޭޓުކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 75 ޕޮއިންޓް ( ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު 75x )
  • މުއްދަތު: 20 ޕޮއިންޓް ( ހުށައެޅޭ އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު 20x )
  • ތަޖުރިބާ: 05 ޕޮއިންޓް ( މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. )

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ