މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެންވަޔަރަމަންޓް ސްޕެޝަލިސްޓް ކޮންސަލްޓަންޓް

އިޢުލާން

ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ "އެންހާންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް އެންވަޔަރަމަންޓް ސްޕެޝަލިސްޓް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

މަޤާމު:         އެންވަޔަރަމަންޓް ސްޕެޝަލިސްޓް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:    1 (އެކެއް)

މުސާރަ:        ދެފަރާތް އެއްބަސްވާ ޢަދަދެއް

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓާރމްސް އޮފް ރިފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓާރމްސް އޮފް ރިފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓު (http://eedp.moe.gov.mv) ގެ "ޑައުންލޯޑްސް" އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 11 ގެ 14:00 ގެ ކުރިން ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާ އަށް އެޑްރެސްކުރައްވައި، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖައްސަވާފައިވާ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ  

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341319 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ.އެސް.ޔޫ.) / މިނިސްޓްރީ އޮފް އެޑިޔުކޭޝަން،

09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3341319

އީ-މެއިލް އެޑްރެސް:  [email protected]

މަޤާމަށް ހޮވުން: މި މަޤާމަށް ހޮވޭނީ ޝަރުތުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ. ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖެނުއަރީ 2011" ގައި ވާގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު: މި މަޤާމާގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯރޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341319 އަށް ގުޅުއްވުން އެދެމެވެ.

25 އޭޕްރިލް 2016
ހޯދާ