އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބަޔޯމެޑިކަލް އިންޖިނިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ބަޔޯމެޑިކަލް އިންޖިނިއަރ

މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ހުޅުމާލެ ހޮސްޕިޓަލުގެ ހުރިހާ މެޑިކަލް އިކުއިޕްމަންޓްތައް ފަރުވާތެރިކަމާއެކު ބަލަހައްޓައި، އެއަށް ބޭނުންވާ ޙައްލު ހޯދައިދިނުން.

މަސައްކަތްކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އިނގިރޭސިބަހާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.

ވަޒީފާގެ ޒިންމާތައް: 

  • ހޮސްޕިޓަލަށް ބޭނުންކުރާ ހުރިހާ މެޑިކަލް ނުވަތަ ހެލްތު އިކުއިޕްމަންޓް މަރާމާތުކޮށް ބެލެހެއްޓުން.
  • އެކި މުއްދަތުގައި ސަރވިސްކޮށް ބަލަހައްޓަންޖެހޭ އިކުއިޕްމަންޓްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ސަރވިސް ކުރެވޭނެގޮތް ރާވައި، މިފަދަ އިކުއިޕްމަންޓްގެ ކަންތައްތައް ބަލައި ޗެކްކޮށް ސަރވިސްކުރުން.
  • މެޝިންތަކަށް ކުއްލިއަކަށް ބޭނުންވެދާނެ ސްޕެއަރޕާޓްސް، ކަމާބެހޭ ފަރާތެއްގެ ބެލުމުގެދަށުގައި ބަހައްޓައިގެން މިފަދަ ޕާޓްސްގެ ސްޓޮކް ބެލެހެއްޓުން.
  • މެޝިންތަކަށް ޖެހެމުންދާ މައްސަލަތަކާއި، މެޝިން ހޯދަންޖެހޭ ހިސާބަށް މެޝިންގެ ކޮންޑިޝަންދާނަމަ، އެކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތަށް ދިނުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 31 ޖުލައި 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

18 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ