މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓެސްޓް ޕޭޕަރ ޗާޕުކުރަން ބޭނުންވެއްޖެ

އިޢުލާން

ޓެސްޓް ޕޭޕަރ ޗާޕުކުރަން ބޭނުންވެއްޖެ

ނެޝަނަލް އެސެސްމަންޓުގެ ދިވެހި މާއްދާގެ ޓެސްޓް ޕޭޕަރ ޗާޕުކުރަން ކުރެވުނު މި މިނިސްޓްރީގެ ނަންބަރު IUL)22-PU/1/2016/95) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅިފަރާތުގެ ލިޔެކިއުން ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.                               

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޭޕްރިލް 27 ވަނަ ދުވަހުގެ 11:00 އަށް

2016 އޭޕްރިލް 28 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަންބަރު ފޯނާއެވެ.

25 އޭޕްރިލް 2016
ހޯދާ