މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާކެޓިންގ އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މާކެޓިންގ އެގްޒެކެޓިވް

މުސާރަ: -/6,600 ރުފިޔާ

އެލަވަންސް: -/4,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑެސްޓިނޭޝަން ސެކްޝަން 

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މާކެޓިންގ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ނިންމަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.

- ހަވާލުކުރެވޭ މާކެޓްތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމުކުރާ ޙަރަކާތް (ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާކެޓިންގ މަސައްކަތްތައް ކުރުން.

- ހަވާލުކުރެވޭ މާކެޓްތަކުގެ ރިޕޯޓްތައް ނިންމުން.

- ފެމިލިއަރައިޒޭޝަން ޓްރިޕް ފަދަ ޕްރޮގްރާމްތައް ރާވައި އެޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުން.

- މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާ ބެހޭގޮތުން ކަވަރުކުރާ އާޓިކަލްތައް އެ މާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި ނުވަތަ އެހެނިހެންވެސް ގޮތްގޮތުން މޮނިޓަރކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.

- މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ރިޕޯޓްތައް ތައްޔާރުކުރުން.

- މިކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  5 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

:އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައިވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

14 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ