ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ ހިންގައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތަމްރީނު ހިންގައިދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީގެ މުވައްޒަފުންނަށް ތިރީގައިވާ މައުޟޫޢުތަކަށް ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް، ނުވަތަ އެ މައުޟޫޢުތަކަށް މިހާރުވެސް ހިންގަމުންދާ ތަމްރީނު ޕްރޮގްރާމްތަކުގައި މި އޮތޯރިޓީގެ މުވައްޒަފުން ބައިވެރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • Formal language (English) Written & spoken
  • Presentation skills with Body Language
  • Report Writing Skills
  • Research Skills (Statistical Analysis)
  • Basic and Advance Photoshop & CorelDraw
  • Advance Microsoft Excel & Word
  • Project Management skills
  • Monitoring and Evaluation Skills

ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 16 މޭ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް އެކުލަވާލުމުގައި ސަމާލުވާންވީ ބައެއް ނުކުތާތައް

  • ކޮންމެ ޕްރޮގްރާމެއް ތައްޔާރުކޮށް ކުރިއަށް ގެންދާނެ ގޮތާއި، ތަމްރީނު ޕްރޮގްރާމް ގިނަވެގެން ހިންގާނެ މުއްދަތު ކަނޑައަޅާނީ ޕްރޮގްރާމް ހިންގާ ފަރާތުންނެވެ. ނަމަވެސް ކޮންމެ ޕްރޮގްރާމަކީ މަދުވެގެން 12 ގަޑިއިރުގެ "ކޮންޓެކްޓް އަވަރސް" ފުރިހަމަކުރާ ޕްރޮގްރާމަކަށް ވާންވާނެއެވެ. 
  • ތަމްރީނު ހިންގަން ހުށަހަޅާ ފަރާތަކީ، މިފަދަ ތަމްރީނުތައް އެހެން އިދާރާތަކަށް ހިންގައިދީފައިވާ ނުވަތަ މިފަދަ ތަމްރީނުތައް ހިންގުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ވާންވާނެއެވެ.
  • ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވާ ފަރާތްތަކަކީ، ކަމާ ގުޅުންހުރި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ނުވަތަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައިވާންޖެހޭނެއެވެ.
  • ތަމްރީނު ހިންގާނެ ކްލާސްރޫމާއި ޕްރޮޖެކްޓަރ އަދި ޕްރޮގްރާމާ ގުޅޭ އެހެނިހެން އިދާރީ ކަންތައްތަކުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުރިހާ ޚަރަދުތަކަށް ޒިންމާވާނީ ތަމްރީނު ޕްރޮގްރާމް ހިންގާ ފަރާތުންނެވެ.
  • ތަމްރީނު ފުރިހަމަ ކުރާ މުވައްޒަފުންނަށް ސެޓުފިކެޓެއް ދިނުން. 

ޕްރޮޕޯޒަލްގައި ހިމަނަންވީ ބައިތައް:

  • ޕްރޮގްރާމެއް ހިންގުމަށް ބޮލަކަށް ހުށަހަޅާ އަގު
  • ޕްރޮގްރާމުގެ ކޮންޓެންޓް
  • ޕްރޮގްރާމް ހިންގާނެ ގޮތުގެ ތަފުސީލު
  • ޕްރޮގްރާމް ހިންގުމަށް ހުށަހަޅާ ތާރީޚުތަކާއި ވަގުތުތައް  
  • ޕްރޮގްރާމް ހިންގާ ފަރާތުގެ (ފެސިލިޓޭޓަރ) ސީވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް (ރަޖިސްޓްރޭޝަން އަދި ޖީއެސްޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) އަމިއްލަ ފަރާތެއްނަމަ އައި.ޑީކާޑުގެ ކޮޕީ
  • މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް

ޕްރޮޕޯޒަލްގައި ހިމަނަންޖެހޭނެ ބައިތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް

  • ތަމްރީނު ޕްރޮގްރާމުގެ ކޮންޓެންޓް - %30
  • ތަމްރީނު ހިންގާ ފަރާތުގެ ކޮލިފިކޭޝަނާއި ތަޖުރިބާ - %30
  • ތަމްރީނު ހިންގުމަށް ބޮލަކަށް ހުށަހަޅާ ފީ - %25
  • ތަމްރީނު ހިންގަން ފެށުމަށް ހުށަހަޅާ ތާރީޚު - % 15

ނޯޓް: 16 މޭ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީގެ ރިސެޕްޝަން (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected]  އީމެއިލަށް ފޮނުވާ ޕްރޮޕޯޒަލް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ