ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް އެޑިއުކޭޝަން (އާރލީ ޗައިލްޑްހުޑް) - އޮނަރސް

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

ބެޗްލަރ އޮފް އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް) - އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ގދ.ތިނަދޫ - ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެ ފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ އެޑްވާންސް ސެޓުފިކެޓު އިން އެޑިޔުކޭޝަން ފުރިހަމަކޮށްފައިވުން.

24 އޭޕްރިލް 2016
ހޯދާ