ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މިއޮތޯޓީގެ ނަންބަރު: (IUL)428-A/1/2016/3 (29 މާރިޗު 2016) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. ހަވާލާ ދެވިފައިވާ އިޢުލާނަށް ކުރިމަތިލެއްވި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް އިންޓަރވިއު އިން އެދެވިގެންވާ ވަރަށް ސްކޯ ނުކުރެވުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަޤާމަށް އިޢުލާންކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

   މަޤާމު:                      ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                 01

   ރޭންކް:                      އެމް. އެސް 2

   ކްލެސިފިކޭޝަން:                ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

   މުސާރަ:                     -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:             -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:               ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:       އެޑްމިން އެންޑް ފައިނޭޝް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓިވެޓްގެ ޕްރޮގުރާމްތައް ކޯޑިނޭޓްކޮށް ހިންގުން.                                                                                                
  • ކަނޑައެޅޭ ދާއިރާތަކުގެ ސްޓޭންޑަރޑް ލިޔުމުގެ މަސައްކަތް ކުރުން.                                                  
  • ކަނޑައެޅޭ ދާއިރާތަކުގެ ޓެކްނިކަލް ޕެނަލްތަކުގެ މަސައްކަތް ރާވައި ހިންގުން.                                                                                                  
  • ކަނޑައެޅޭ ދާއިރާތަކުގެ ސެކްޓަރ ކައުންސިލްގެ މަސައްކަތްތައް ރާވައި ހިންގުން.                                                   
  • މާލެއާއި ރާއްޖޭގެ ރަށްތަކުގައާއި ރިސޯޓްތަކުގައި ހިންގާ މިއޮތޯރިޓީގެ ޕްރޮގުރާމްތައް މޮނީޓަރކުރުމާއި އެސެސްމަންޓްގެ ކަންކަންކުރުން. 
  • ޓިވެޓްގެ ސަނަދު ދޫކުރުމާގުޅޭ ކަންކަން ކުރުން.
  • ޓިވެޓްގެ ފަރާތުން ބާއްވާ އެކި އެކި ވާރކްސޮޕްތައް އޯގަނައިޒްކުރުމުގައި އެހީތެރިވުން. 
  • އޮތޯރިޓީގެ ފައިސާއާއި އަދި އިދާރީ އެންމެހާ ކަންކަންކުރުން.
  • އޮތޯރިޓީގެ މުވައްޒަފުންނާ ގުޅޭ އިދާރީ އެންމެހައި ކަންކަން ކުރުން.                                     

ޝަރުޠު

1- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީނުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީނުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީނުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4- މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީނުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށް.

ބ. ރާއްޖޭގެ ރަށްތަކަށާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށް.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 22 މޭ 2016 އަދި 26 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީން (ޣާޒީ ބިލްޑިންގގެ ގްރައުންޑް ފްލޯއިން ލިބިވަޑައިގަންނަވާނެއެވެ.) އަދި www.tvet.gov.mv  އިން ޑައުންލޯޓް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން ނުވަތަ އެލިޔުންތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯ) އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މޭ 12 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް: 

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341269 / 3341313 ފޯނަށް ގުޅުއްވުން އެދެމެވެ.

21 އޭޕްރިލް 2016
ހޯދާ