ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޏ. ފުުވައްމުލަކު ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމާއި އަދި އާފްޓަރސޭލްސް ސަރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ޏ. ފުުވައްމުލަކު ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމާއި އަދި އާފްޓަރސޭލްސް ސަރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ޏ. ފުުވައްމުލަކު ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމާއި އަދި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 މޭ 02 ވަނަ ދުވަހުގެ 09:00 ގެ ކުރިން އެސް.ޓީ.އޯ ޏ. ފުުވައްމުލަކު ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 މޭ 02 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 މޭ 03 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ޏ. ފުުވައްމުލަކު ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މޭ 09 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 މޭ 10 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 މޭ 17 ވަނަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ޏ. ފުުވައްމުލަކު ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344371, 3344262

ފެކްސްް:  3344633

އީމެއިލް: [email protected]

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ