ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ބ. އޭދަފުށީ ފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޭލުމާއި، އަދި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސް.ޓީ.އޯ ބ. އޭދަފުށީ ފިހާރައަށް ބޯޓުތަކުން ގެންދާމުދާ ބޭލުމާއި، އަދި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސް.ޓީ.އޯ ބ.އޭދަފުށީ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، އަދި ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކުންފުނީގެ ފަރާތުން ކުރެވުނު ނަންބަރު 60އޭޑީއެމް/90/2016 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ 

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 މޭ 02 ވަނަ ދުވަހުގެ 09:00 ގެ ކުރިން އެސް.ޓީ.އޯ ބ.އޭދަފުށި ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 މޭ 02 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 މޭ 03 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ބ.އޭދަފުށީ ފިހާރައިގައި އޮންނާނެއެވެ. 

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މޭ 09 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 މޭ 10 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 މޭ 17 ވަނަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ބ.އޭދަފުށީ ފިހާރައިގައެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344371, 3344262

ފެކުސް:  3344633

އީމެއިލް: [email protected]                

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ