މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އާރު.އޯ.ޕްލާންޓް (10 ޓަނުގެ)

މިމިނިސްޓްރީގެ ދަށުން ހިނގަމުންދާ ކ.މަނިޔަފުށީގައި ބޭނުންކުރުމަށް ތިރީގައިވާ ތަކެތި ހޯދުމަށް ބޭނުންވެއެވެ.

  1. އާރު.އޯ.ޕްލާންޓް (10 ޓަނުގެ)

ވީމާ، މި ޕްލާންޓް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 މޭ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

21 އޭޕްރިލް 2016
ހޯދާ