ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ބޭނުންވެއްޖެ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :2

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:   ސެކިއުރިޓީ އޮފިސަރ ގރ. 1

ވަޒީފާގެ ބާވަތް:  ކޮންޓްރެކް

އަދަދު:   02 

އަސާސީ މުސާރަ: -/3930 ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ އިން ކަނޑައަޅާ ދާއިރާއެއްގައި މަސައްކަތްކުރުން

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެ.

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ޑިޕާޓްމަންޓުން ހަމަޖައްސާ ތަނެއްގެ ސެކިއުރިޓީ ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން.

* 18 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރެއްގެ މީހަކުކަމުގައިވުމާއި އަދި ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

* ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވާނަމަ ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ނަމަ ވަޒީފާ ހަމަޖައްސައިދިނުމުގައި އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޭޕްރިލް 28 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި އަދި އެސްޓީއޯގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު:  3344272    ފެކްސް:  3344041   

ވެބްސައިޓް: www.sto.mv

12 ރަޖަބު 1437

20 އޭޕްރިލް 2016
ހޯދާ