ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ހޮސްޕިޓަލް އެސިސްޓެންޓް
މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ހޮސްޕިޓަލްތެރެ ސާފުކޮށް ބެލެހެއްޓުމާއި، ނަރުހުންގެ އިރުޝާދުގެދަށުން ބަލިމީހުންނަށް އެހީތެރިވުން.
މަސައްކަތްކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
- ބުރަ މަސައްކަތް ކުރެވޭފަދަ ޞިއްޙީ ހާލަތެއްގައި ހުރި، ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
ވަޒީފާގެ ޒިންމާތައް:
- ހުރިހާ ވޯރޑުތަކެއް ކުނިކަހައި ފެންފޮތިލައި، ސާފުކޮށް، ފަރުނީޗަރުތަކާއި އެނދުތައް ފޮހެ، ހުރިހާ ފާޚާނާތަކާއި ސިންކުތައް ރަނގަޅަށް ދޮވެ ސާފުކުރުން.
- ބަލިމީހުންނާއި ޑޮކްޓަރުންނާއި، ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ވޯޑުތަކުގަޔާއި ބޭސްއަޅައިދޭ ކޮޓަރި ފަދަ ތަންތަނުގައި ބޭނުންކުރެވޭ އާލާތްތައް އޮޓޯކްލޭވް ކުރުމަށް ގެންގޮސް ގެނައުން.
- ވޯޑުގައި ހުންނަ ބަލިމީހުންނަށް ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުން.
- ވޯޑުތަކުގައި ހަލާކުވެފަ ހުންނަ ތަކެއްޗާއި ތަންތަން، ވޯޑު އިންޗާޖަށް އެންގުން.
- ނަރުހުން ނުވަތަ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ބަލިމީހުން އުފުލައި، ބޭނުންވާ އެހީތެރިކަން ދިނުން.
- ވަޒީފާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން
ނޯޓް: މި މަޤާމަށް މުވައްޒަފުން ހަމަޖެއްސުމުގައި ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 2016 އެޕްރީލް 28 ވަނަ ދުވަހުގެ މެންދުރު 12:00 |
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުވެސް ބަލައެއް ނުގަނަވޭނެއެވެ.
އިންޓަވިއު:
އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
14 ރަޖަބު 1437