އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައު އަތުރައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ރަސްދޫ ބަނދަރުގެ ވާޓަރާއި ޓީޖެޓީގައި ގައު އަތުރައިދޭނެ ފަރާތެއް ހޯދުން:

އއ. ރަސްދޫ ބަނދަރުގެ ވާޓަރުގައާއި ޓީޖެޓީގައި މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ގައު އަތުރައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 26 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 02 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ.ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެއްނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ ނުވަތަ ވިޔަފާރިއެއްގެ ނަމުގައިކަމަށްވާނަމަ އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

17 އޭޕްރިލް 2016
ހޯދާ